ހަޖަމްކުރުމުގެ ނިޒާމާއި، ލިވާ، ޕެންކްރިއާސް، ގޯލްބްލެޑާ އަދި ބައިލް ޑަކްޓުގެ މައްސަލަތަކަށް ހާއްސަ ކްލިނިކް
ހަޖަމް ކުރުމުގެ ނިޒާމާއި، ލިވާ، ޕެންކްރިއާސް، ގޯލްބްލެޑާ، އަދި ބައިލް ޑަކްޓުގެ އެކިއެކި މައްސަލަތަކަށް ލަފާ ދިނުމަށްޓަކައި އިންޑިޔާގެ މިއޮޓް އިންޓަނޭޝަނަލް އިން އަންނަނީ ހާއްސަ ކްލިނިކެއް އިންތިޒާމް ކުރަމުންނެވެ. މި ކްލިނިކް އިންތިޒާމްކުރުމުގެ މަގުސަދަކީ، ބަނޑުގައި ރިއްސުން، ހަޖަމް ނުވުމުގެ މައްސަލަ، ބަނޑު ފުއްޕުން، ރީނދޫވުން ނުވަތަ ފެޓީ ލިވާ، ޕެންކްރިއާޓައިޓިސް، ގޯލް ސްޓޯން، ނުވަތަ ބައިލް ޑަކްޓު ބެދުން ފަދަ މައްސަލަތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމެވެ
މިއީ، ޓެސްޓެއްގެ ނަތީޖާއެއް ޔަގީންކޮށްލުމަށް ނުވަތަ ފަރުވާ ކުރިއަށްގެންދާނެ ގޮތަކާ މެދު ދެ ވަނަ ލަފައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ހަމަ އެހެންމެ، މިހާރު ވެސް ފަރުވާ ކުރިޔަށް ގެންދާ ފަރާތްތަކުގެ ތެރެއިން ފެންވަރު ރަނގަޅު ފަރުވާގެ އެހެނިހެން ފުރުސަތުތައް އޮޅުންފިލުވާލަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުސަތެކެވެ. ފުންނާބު އުސް، ހާއްސަ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި މި ކްލިނިކުން ކޮންމެ ބަލިމީހެއްގެ ހާލަތަށް ބަލައި އެ މީހަކަށް ހާއްސަ ލަފާ ފޯރުކޮށްދޭނެއެވެ. އަދި ވަރަށް ތަފްސީލުކޮށް އެސެސްމެންޓް ހަދައި، އެއަށް ބިނާކޮށް ދުޅަހެޔޮކަމަށްޓަކައި އަމަލުކުރަންވީ ގޮތުގެ ލަފާ ދޭނެއެވެ.